ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އެކުލަވާލާފައިވާ ޕްރޮގްރެސިވް ކޯލީޝަނާއި، އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓިކްސް އިން ރަޝްމީ މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށް ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފައިވަނީ ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުން މިއަދު 11:00ގައި އޯސަން ލައިބްރަރީ (މއ. ސައުތު ޝައިން، ޗާންދަނީ މަގު ދެކުނު) ގައި ކުރިއަށްދާނެ ކަމަށެވެ.
އަދި އެ ބައްދަލުވުމަށްފަހު 11:40 ގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރާނެކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމް-ޕީއެންސީއާއެކު ޑިމޮކްރެޓްސް އިން މަޝްވަރާއަށް މިއަދު ދާން މަސައްކަތް ކުރާއިރު މި ފަހުން ދެތިން ރެއަކު އިހްތިޖާޖުތަކުގައި އެކުގައި މަސައްކަތް ކުރި މަންޒަރު ފެނިގެން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް