ޖަރީމާތައް ހިންގާއިރު މިނިސްޓަރު ކޮބައިތޯ ޖަމީލް ސުވާލު ކުރައްވައިފި

ގައުމުގައި ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކޮބައިތޯ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ. ޖަމީލް އިޝާރާތް ކުރެއްވި ...

25 Jun 2022 | 17:19

ގައުމުގައި ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކޮބައިތޯ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.

ޖަމީލް އިޝާރާތް ކުރެއްވި ޖަރީމާއަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކެއް ފެންމަތިވުމެވެ. އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލަތަކާއި ގުޅުވައި ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލހު ހުންނެވިޔަސް ޒިންމާ އުފުއްލެވުމުގައި އިމްރާން ބިރުގަނެގެން ނުވާނެ ކަމަށެވެ. ޖ ޑރ. ޖަމީލް ވިދާޅުވީ މިފަދަ ޖަރީމާތަށް ހިންގާއިރު ފުލުހުން ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ.

އަދި ސަރުކާރުގެ ފޯކަސް އޮތީ ގެއްލިފައި ކަމަށާއި ފެންނަމުންދަނީ ބާރުގަދަ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅިފައިވާތަން ކަމަށެވެ. އަދި މިހާ ހިސާބަށް ދާއިރު މިނިސްޓަރު ކޮބައިތޯ އެމަނިކުފާނު ސުވާލު ކުރައްވާފައިވެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އަދި މިރޭ ވަނީ އެހެން މީހެއްގެ ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް