ގުރައިދޫ ގެސްޓު ހައުސްއެއްގައި މަރުވެ ކުނިވެފައި އޮތް ޓޫރިސްޓަކު ފެނިއްޖެ

ކ. ގުރައިދޫން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. އެމީހާ ފެނިފައިވަނީ އެ ރަށުގައި ހިންގާ ގެސްޓު ހައުސްއެއްގެ ކޮޓަރި ތެރެއިންނެވެ. ފެނުނު އިރު އެމީހާ އޮތީ ކުނިވެފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވި...

25 Jun 2022 | 15:55

ކ. ގުރައިދޫން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އެމީހާ ފެނިފައިވަނީ އެ ރަށުގައި ހިންގާ ގެސްޓު ހައުސްއެއްގެ ކޮޓަރި ތެރެއިންނެވެ. ފެނުނު އިރު އެމީހާ އޮތީ ކުނިވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ރިޕޯޓު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ކޮޓަރި ތެރެއިން ކުނިވަސް ދުވާތީ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވަ ފެނުނީ އުމުރުނ ް57 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް