މިރޭ ކުރިޔަށް ހުރި ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިރޭ7:00 ން ދަންވަރު1:00 އަަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލު ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް