އަޅުގަނޑު ރަސޫލާއަށް ފުރައްސާރަ ނުކުރާނެކަން ދަންނަ މީހަކަށް ވިއްޔާ އެނގޭނެ: ނާޒިމް

ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ. އޭނާ ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު އ...

25 Jun 2022 | 10:16

ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.

އޭނާ ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު އެވެ. ފުލުހުން މިއަދު ވަނީ އެކަން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ

މިކަމާއި ގުުޅިގެން "ދުވަސް" އަށް ނާޒިމް ވިދާޅުވީ އޭނާގެ މުޅި އުމުރުގައިވެސް ރަސޫލާއަށް ފުރައްސާރަކޮށް، ނުވަތަ ދެކޮޅު އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ ބޭނުން ނަމަ އޭނާގެ ސޯޝަލް މީޑިއާ ފީޑުތައް ރަނގަޅަށް ބަލާލުމުން އެކަން އެނގޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ މިހާރު އޭނާ އާއި ދެކޮޅަށް ހިނގަމުންދާ ހުރިހާ ކަމަކީ ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ދަންނަ ކޮންމެ މީހަކަށްވެސް އޭނާ އަކީ ރަސޫލާއަށް ފުރައްސާރަ ކުރާނެ މީހެއް ނޫންކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަށް ހިމެނޭ އިލްމުވެރިންގެ ގުޅުމުގެ ފަރާތުންނެވެ. އެ ފަރާތްތަކުން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ 2012 ވަނަ އަހަރު ނާޒިމް، ރަސޫލާ صلى الله عليه وسلم އަށް ނިސްބަތް ކޮށް ކުޑައިމީސްކޮށް، ފުރައްސާރަކޮށް ޓުވީޓެއްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގަ ވަނީ އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ހިމަނާފަ އެވެ. އެ ޓުވީޓުގައި ނާޒިމް ބުނި ގޮތުގައި ސުންނަތުގައި އޮންނަނީ އިޝާ ނަމާދުކޮށްގެން ލަސްނުކޮށް ނުވަ އަނބިންނާއެކު ވަހުޝީވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް