ވެއިޓަރު މަރާލި ޕާކިސްތާނު ކައްކާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ މާދަމާ ފަށަނީ

ވެއިޓަރު މަރާލި ޕާކިސްތާނު ކައްކާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ މާދަމާ ފަށަން ނިންމައިފިއެވެ. މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1 ޖަހ...

25 Jun 2022 | 10:10

ވެއިޓަރު މަރާލި ޕާކިސްތާނު ކައްކާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ މާދަމާ ފަށަން ނިންމައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1 ޖަހާއިރުއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު ގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ހާދިސާ ހިންގާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެވެ.

ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ބަންގުލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ޕާކިސްތާނުގެ ޝެފް އާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ކުށުގެ އަދަބަކީ މަރުނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލާފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މަޢާފު ދީފިނަމަ، ނުވަތަ މަރުގެދިޔަ ހޯދުމަކާ ނުލައި މަޢާފު ދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގޮތުން އުމުރަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް