މިފްކޯ އިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފިއެވެ. އެ ކުންފުނިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. މިފްކޯ އިން ބުނީ މަސްވެރިންނަށ...

25 Jun 2022 | 09:45

މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ.

މިފްކޯ އިން ބުނީ މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ލީޓަރަކުން ތިން ރުފިޔާ ބޮޑުކޮށްފައިވާ ކަމަށާއި އާންމުންނަށް ޑީސަލް ވިއްކާ އަގުން ވެސް ލީޓަރަކުން ފަސް ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް ޑިސަލް ލީޓަރެއް 14.44 ރުފިޔާއަށް މީގެކުރިން ވިއްކިނަމަވެސް ޑީސަލް ލީޓަރެއް މިހާރު ލިބޭނީ 17.63 ރުފިޔާއަށެވެ. އަދި އާންމުންނަށް ދެން ޑީސަލް ލީޓަރެއް ވިއްކާނީ 22.66 ރުފިޔާއަށެވެ. މީގެކުރިން އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 17.10 ރުފިޔާއަށެވެ.

މިފްކޯ އިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވާއިރު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެސްޓީއޯ އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ރުފިޔާއަށެވެ.

މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރި ހަތަރުވަނަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް