ފ. ނިލަންދޫ ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ފ. ނިލަންދޫ ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ބުނީ އެއީ އެރަށު ފަޅުތެރޭގައި އޮތް 52 ފޫޓުގެ ދޯންޏެއް ކަމަށާއި އެ ދޯނި ދިޔަވާތީ އ...

25 Jun 2022 | 09:29

ފ. ނިލަންދޫ ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެއީ އެރަށު ފަޅުތެރޭގައި އޮތް 52 ފޫޓުގެ ދޯންޏެއް ކަމަށާއި އެ ދޯނި ދިޔަވާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ، ޕަންޕު ބޭނުންކޮށްގެން ދިޔަހިއްކައިދީފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:45 ހާއިރު ކަމަށެވެ. ނަމަވެސް މީހަކަށް ނުވަތަ އުޅަނދަށް ގެއްލުމެއް ލިބުނުކަން ހާމަކޮށްފައެއް ނުވެއެވެ.

https://twitter.com/MNDF_Official/status/1540625439433306112

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް