ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރުގެ ޓުވިޓާ އެކައުންޓު ޑީ އެކްޓިވޭޓް ކޮށްލައިފި އެވެ.
ނާޒިމް އެކައުންޓު ޑީއެކްޓިވޭޓު ކޮށްފައި މިވަނީ އޭނާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޓުވިޓާގައި އާންމުކޮށްފައި ވަނިކޮށެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވަނީ ދުވަސްކޮޅަކަށް ޓުވިޓާއާއި ދުރަށް ވަޑައިގެންނެވިކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގަ ނާޒިމްގެ ޕާސްޕޯޓު ރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ.
މީގެ އިތުރުން މިއަދު ވަނީ އޭނާ ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްވެސް ފުލުހުންނަށް ހުށަހަޅާފަ އެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް