ނާޒިމް، ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްވެސް ފުލުހުން ތަހުގީގު ކުރަނީ

ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ނާޒިމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ގިނަ އަދަދެއްގެ އިލްމުވެ...

25 Jun 2022 | 08:37

ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ނާޒިމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަށް ހިމެނޭ އިލްމުވެރިންގެ ގުޅުމުގެ ފަރާތުންނެވެ. އެ ފަރާތްތަކުން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ 2012 ވަނަ އަހަރު ނާޒިމް، ރަސޫލާ صلى الله عليه وسلم އަށް ނިސްބަތް ކޮށް ކުޑައިމީސްކޮށް، ފުރައްސާރަކޮށް ޓުވީޓެއްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގަ ވަނީ އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ހިމަނާފަ އެވެ. އެ ޓުވީޓުގައި ނާޒިމް ބުނި ގޮތުގައި ސުންނަތުގައި އޮންނަނީ އިޝާ ނަމާދުކޮށްގެން ލަސްނުކޮށް ނުވަ އަނބިންނާއެކު ވަހުޝީވާށެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅި މިއަދު އެވެ.

މި މައްސަލައިގެ އިތުރުން ނާޒިމް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް ޓުވިޓާގައި ވަނީ އާންމުވެފައި އެވެ. އެ ވީޑިއޯއިން ފެންނަނީ ނާޒިމް ކަަމަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

ވީޑިއޯގެ މައްސަލައިގަ ރޭ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު ރޭގެ ވަގުތެއްގައި ޕާސްޕޯޓުވެސް ހިފަހައްޓާފައިވެ އެވެ. ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް