ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.
އޭނާ މި ރެކޯޑު އައު ކުރީ ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވަރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އާން މި ރެކޯރޑް އައުކޮށްފައިވަނީ 00.29.57 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ، 2019 ވަނަ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްސް ގައެވެ. އެ އަހަރު މި ރެކޯޑު އައު ކުރީ00.30.86 އިން އިވެންޓް ފުރިހަމަކޮށްގެން ޢަލީ އިމްޢާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް