ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހާގެ ބަރަހަނާ ފޮޓޯތަކުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ފޮޓޯ ލީކުކޮށްލާފައިވަނީ ޓްވިޓާ އެކައުންޓަކުންނެވެ. އެ ފޮޓޯގައި ފެންނަނީ (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހަކު، އިތުރު އަންހެނަކާއި ފިިރިހެނަކާއެކު ބަރަހަނާ ހާލުގައި އޮންނަ މަންޒަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަ ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ފޮޓޯއިން ފެންނަނީ ތިން މީހަކު އެނދެއްގައި ތިބޭތަނެވެ. އަނދުން ހުސެއިންކަމަށް ބެލެވޭ މީހާ އޮންނަނީ އެނދުގެ މެދުގައެވެ. އަންހެނަކު އެނދުގެ ބިއްދޮށުގައި އޮންނައިރު އެ އަންހެން މީހާގެ ގައިގާ އަނދުން ހުސެއިން ކަމަށް ބެެލެވޭ މީހާ އޮންނަނީ ބައްދާލައިގެންނެވެ. އަނދުން ހުސެއިންގެ މަގަތުގައި އޮތީ ފިރިހެނެކެވެ. ބެލެވޭ ގޮތުގައި އެ ފިރިހެން މީހާވެސް އޮތީ ބަރަހަނާ ހާލުގައެވެ.
އެ ޓްވިޓާ އެކައުންޓުން ރޭ މި ފޮޓޯ ލީކުކޮށްލީ ދުރާލާ އިންޒާރެއް ދިނުމަށްފަހުގައެވެ. އެ އިންޒާރު ނިސްބަތްކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށެވެ.
އެ އިންޒާރުގައި ބުނެފައިވަނީ ރައީސް ނަޝީދާ “ކުޅުން ރީތި ނުވާނެ” ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް