ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ހަފްތާގެ ހަތަރު ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައި ވާއިރު މި ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ބެންކޮކ...

25 Jun 2022 | 07:21

ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ހަފްތާގެ ހަތަރު ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައި ވާއިރު މި ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެގޮތުން ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ އަންގާރަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

ބެންކޮކް އެއާވޭސް އިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ކޮށްފައިވާއިރު މި ދަތުރުތައް ހުއްޓާލާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗްމަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް