ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާޜުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ އޭނާއަށް ތުހުމަތު ކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން ކަމަށް "ދުވަސް" އަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުންގެ މީޑިއާއިންވެސް ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަން ޔަގީންކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމްގެ ޕާސްޕޯޓު ހިފެހެއްޓީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅަުވީ ނާޒިމްގެ ޕާސްޕޯޓު ހިފެހެއްޓީ ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ނާޒިމް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ހައްޔަރު ކުރުަމަށް ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް