ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދު ހުދު އެލާޓުގައި، ވާރޭވެހި، 40 މޭލަށް ވައިގަދަވާނެ

މެދު ރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ކ . އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:45 ން މެންދުރު ފަހު 3:30 އާއި ހަމ...

25 Jun 2022 | 05:28

މެދު ރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ކ . އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:45 ން މެންދުރު ފަހު 3:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އިތުރުނ ް13 މޭލާއި23 މޭލުގެ ބާރު މިނުގައި އެވެ. ދެކުނުގެ އަތޮޅުތަކަށް އާންމު ގިތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ފަސް މޭލާއި15 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް