ފިލްމު "ޖަގްޖަގް ޖީޔޯ" ވެސް ފްލޮޕްވެދާނެ ކަމުގެ ބިރުގައި!

ބޮލީވުޑްގެ ފިލްމުތަކަށް މިއީ ނާކާމިޔާބު ދުވަސްކޮޅެކެވެ. މަޝްހޫރު ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ކަންގަނާ ރަނާވަތު، ޓަައިގާ ޝްރޮފް، އަޔޫޝްމަން ކުރާނާ އަދި ޝާހިދު ކަޕޫރުމެން ފަދަ ތަރިންގެ މި ފަހުން ރިލީ...

25 Jun 2022 | 05:11

ބޮލީވުޑްގެ ފިލްމުތަކަށް މިއީ ނާކާމިޔާބު ދުވަސްކޮޅެކެވެ.

މަޝްހޫރު ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ކަންގަނާ ރަނާވަތު، ޓަައިގާ ޝްރޮފް، އަޔޫޝްމަން ކުރާނާ އަދި ޝާހިދު ކަޕޫރުމެން ފަދަ ތަރިންގެ މި ފަހުން ރިލީޒް ކުރި ފިލްމުތައް ފްލޮޕްވީ އެވެ. އޭގެ ތެރެއިން ކަންގަނާގެ ފިލްމު ވަނީ ބަލާނެ މީހަކު ނެތިގެން ރިލީޒް ކުރި ދެ ވަނަ ދުވަހު ސިނަމާތަކުން ނަގާފަ އެވެ.

ފްލޮޕް ގެ ލިސްޓަށް މިފަހަރު އިތުރުވެދާނެ ކަމަށް މީހުން ގަބޫލު ކުރަން ފަށާފައިި ވަނީ އިއްޔެ ރިލީޒް ކުރި ފިލްމު "ޖަގް ޖަގް ޖީޔޯ" އެވެ. މި ފިލްމަށް ފުރަތަމަ ދުވަހުން ނުވަ ކްރޯޑް ރުޕީސް ލިބުނު އިރު އެއީ ފިލްމު އެޅުވި ސިނަމާތަކުގެ 20 ޕަސެންޓު ޖާގަ އެވެ.

އެހެންވެ މި ފިލްމު މިއަދު ސިނަމާތަކުގެ 30 ޕަސެންޓަށްވުރެ ބޮޑު ޖާގައެއް ކަށަވަރު ނުކޮށްފި ނަމަ ފިލްމު ފްލޮޕްވުމާ ދިމާލަށް ދަތުރު ކުރާނެ ކަމަށް ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ވަރުން ދަވަން އާއި ކިއަރާ އަދްވާނީ ލީޑްރޯލުން ފެނިގެންދާ މި ފިލްމު ކާމިޔާބު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އެއީ ފިލްމު ހެދި ބޮޑު ބަޖެޓާއި އިޝްތިހާރު ކުރަން އެ ޓީމުން ބޭނުން ކުރި އުކުޅާއި ކުރި ހަރަދުންނެވެ.

މި ފަހުން ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބުވީ ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައިޔާ 2" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް