މިއަދު 900 މީހުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި

މިއަދު ކޯވިޑް-19 ވެކްސިން 900 މީހުން ފުރިހަމަ ކޮށްފި އެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު 153 މީހުން ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒު 900 މީހުން ޖަހާފައިވާ ކަމަށް ބުނ...

25 Jun 2021 | 18:55

މިއަދު ކޯވިޑް-19 ވެކްސިން 900 މީހުން ފުރިހަމަ ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު 153 މީހުން ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒު 900 މީހުން ޖަހާފައިވާ ކަމަށް ބުންޏެވެ.

މިއަދު އަތޮޅުތެރެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 52 މީހުންނެވެ. އަދި ދެ ވަނަ ޑޯޒު 538 މީހުން ޖަހާފައިވެ އެވެ.

މާލޭގައި މިއަދު ކޯވިޑްގެ ފުރަތަމަ ޑޯޒު ޖެހީ 101މީހުންނެވެ.އަދި ދެވަނަ ޑޯޒު 362 މީހުން ޖަހާފައިވެ އެވެ.

މިހާރު އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ދެމުން ދަނީ ސިނޯފާމް ވެކްސިން އެކަންޏެވެ. ފައިޒާ ވެކްސިން އާއި ކޮވިޝީލްޑް ވެކްސިން މަދުން ހުރުމުން ޖަހައިދެމުން ދަނީ އެޕޮއިންޓްމެންޓް އުސޫލުން މަދު ބަޔަކަށެވެ.

މިއަދު ވެކްސިން ޖެހި މީހުންނާއި އެކު ރާއްޖެއި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 315،975 އަަށް އަރާފައި އެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވަނީ ޖުމްލަ 186،571 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް