މިހާރު ކުރިޔަށްދާ ޔޫރޫ 2020 ފުޓުބޯޅަ މުބާރާތުގެ ތެރެއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި އެނޫންވެސް ހަރަކާތްތަކުގައި މުސްލިމް ކުޅުންތެރިން ކުރިމަތީގައި ބިޔަރު ފުޅި ނުބެހެއްޓުމަށާއި ބިޔަރު އިޝްތިހާރު ނުކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.
ޔޫއެފާއިން މިގޮތަށް ނިންމާފައި މިވަނީ ފްރާންސްގެ ފްރާންސްގެ ކުޅުންތެރިޔާ ޕައުލް ޕޮގްބާ ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޒުމަތީގައި ހުރި ބިޔަރު ފުޅި ނެގި މައްސަލަ ކުރިމަތިވެފައިވަނިކޮށެވެ. އޭގެ ކުރިން ޕޯޗުގަލްގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯކުފުޅި ނަގާފައި އެވެ.
މި މައްސަލައިގަ ސްޕޮންސަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށް ޔުއެފާއިން ވަނީ ސްޕޮންސަރުން އިޝްތިހާރު ކުރުމަށް ބަހައްޓާފައި ހުންނަ ބުއިންތައް ނުނެގުމަށް އަންގާފައި އެވެ.
އެކަމަކު ފަހުން ނެރުނު ބަޔާނެއްގައި ބުނީ ޔޫރޯއާއި ދެން ޔުއެފާއިން ކުރިއަށްގެންދާ މުބާރާތްތަކުގައި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ބިޔަރު އިސްތިހާރު ނުކުރަން ނިންމާފައިވާ ކަމަށެވެ. ޔުއެފާއިން ބުނީ ދީނީ ގޮތަކުން އެއްވެސް ކަމަކަށް ފުށުއަރާ އެއްޗެއް ނަމަ އެ ކުޅުންތެރިއެއްގެ އެދުމަށް މޭޒު މަތީގައި ހުންނަ އެއްޗެއް ނެގިދާނެ ކަމަށެވެ.
އެކަމަކު ލައިފް ސްޓައިލްގެ ގަބޫލުކުރުމަކަށް ކޮކާ ކޯލާ ފުޅި އެއްފަރާތްކުރުން އެއީ އަދިވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށަށް ބުނެފައިވެ އެވެ. ދީނީ ގޮތުން އޮންނަ ކަމެއްގެ ސަބަބުން އެއްޗެއް ދުރަށް ޖައްސާލުމާއި އެކަމާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
ކުރިޔަށް އޮތްތާ ރޮނާލްޑޯ އަމަލު ކުރި ގޮތަށް ސްޕޮންސަރަކަށް އަމަލުކޮށް، އެކަން ތަކުރާރު ވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔުއެފާއިން ބުނެފައިވެއެވެ.
ޕޮގްބާ ބިޔަރު ފުޅި ދުރަށްލުމުން އޭނާއަށް ގިނަބައެއްގެ ތައުރީފު އަމާޒުވި އެވެ. ޕޮގްބާ އަކީ މީގެކުރިންވެސް އިސްލާމްދީނުގެ ދިފާއުގައި މިފަދަ އެތައް ކަމެއް ދަނޑުމަތީގައާއި ދަނޑުބޭރުގައި ކޮށްފަވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް