ކޯވިޑް ޖެހުނު 266 ގައި، އަތޮޅު ތެރޭގައި 100 އަށްވުރެ ގިނަ

ކޯވިޑް-19އަށް އިތުރު 266 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 41 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 105 މީހުން ކަމަށެވެ. އިތުރ...

25 Jun 2021 | 17:03

ކޯވިޑް-19އަށް އިތުރު 266 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 41 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 105 މީހުން ކަމަށެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ތަރައްގީ ކުރަމުންދާ ރަށްތަކުން 112 މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން އަށް މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،264 މީހުންނެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،295 މީހުންނަށެވެ. އޭގެ ތެރެއިން 31 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 68،429 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 208 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 72،944 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް