ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.
އެމީހައަށް ހަމަލާދީފައިވަނީ އިއްޔެ މެންދުރު 2:15 ހާއިރު އެވެ. ފުލުހުން ވަނީ އެކަން މީޑިއާގައި ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އެވެ.
އަދި މިއަދު އެމީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައި އެވެ.
މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް