ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ޏ. އަދި ސ ހިމެނޭ ދެކުނު ޕޮލިސް ޑިވިޝަނުންނެވެ.
ހުށަހަޅާފައިވަނީ އުމުރުން އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެކަމަކު އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް