އައްޑޫ ހިތަދޫގައި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 130 އާއި ގާތަށް

އައްޑޫ ސިޓީ ހިތަދޫއިން ކޯވިޑް-19 އަށް ގާތްގަނޑަކަށް 130 އެއްހާ މީހުން ޕޮސިޓިވް ވެއްޖެ އެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އެ ސިޓީގައި...

25 Jun 2021 | 13:20

އައްޑޫ ސިޓީ ހިތަދޫއިން ކޯވިޑް-19 އަށް ގާތްގަނޑަކަށް 130 އެއްހާ މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އެ ސިޓީގައި މިވަގުތު ކޯވިޑަށް ޕޮސިޓިވް 131 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 127 މީހުންނަކީ ހިތަދޫގައި ކޯވިޑަށް ޕޮސިޓިވްވެފައި ތިބި މީހުންނެވެ.

ދެން އެ ސިޓީގައި ކޯވިޑް އެކްޓިވް ކޭސްތައް ހުރީ މަރަދޫގައި އެވެ. އެ ރަށުގައި ކޯވިޑަށް ޕޮސިޓިވް ހަތަރު މީހުން އެބަތިއްބެވެ.

މިވަގުތު ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.

މިފަހަރު އައްޑޫގައި ކޯވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 450 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން ދެ މީހުން ވަނީ މަރުވެފައި އެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 317 މީހުންނެވެ.

ކޯވިޑް ފެތިރޭތީ މުޅި އައްޑޫ ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ފަހު ވަކިން އޮންނަ ހުޅުމީދޫގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި އެވެ. އަދި ގުޅިފައިވާ ރަށްތަކުގެ ތެރެއިން ކާފިއު ހިންގަނީވެސް ހިތަދޫގައި އެކަންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް