އަންހެން ކުދިން ހިތާނު ކުރުމެއް އިސްލާމް ދީނަކު ނޯވޭ: ރައީސް މައުމޫން

އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އ...

25 Jun 2021 | 11:18

އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށެވެ.

"އަންހެން ކުދިން ހިތާނުކުރުމެއް ނޯވޭ" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހަމަ އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

ރައީސް މައުމުން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އަންހެން ކުދިން ހިތާނު ކުރުމުގެ މައްސަލަ އަނެއްކާވެސް ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް