ޖަމާއަތް ހަދައިގެން ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރު ކޮށްފި އެވެ.
ހުކުރު ކުރި ބައެއް މިސްކިތްތަކުގެ ތެރޭގައި ފުރުގާން މިސްކިތް ހިމެނެ އެވެ، އެ މިސްކިތްތަކުގައި ހުކުރު ކުރީ ހުތުބާ ކިޔުމަށް ފަހު އެވެ.
އަދި ގިނަ ބަޔަކު ޖަމާއަތުގައި ބައިވެރިވެ ހުކުރު ކޮށްފައިވެ އެވެ. މީގެ އިތުރުން ފުލުހުން ހުކުރު ކުރުން ހުއްޓުވާފައެއް ނުވެ އެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ މަހު26 ވަނަ ދުވަހުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައި އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރި ނަމަވެސް ކޯވިޑްގެ ހާލަތަށް ބަލައި ފިޔަވަޅަށް ލުއި ދީފައެއް ނުވެ އެވެ.
އޭގެ ފަހުން ޖަމާއަތް ނުހަދައި މިސްކިތްތަކުގައި އެކަނި ނަމާދު ކުރުމުގެ ހުއްދަ ދިނީ މިމަހުގެ16 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް