ޓޫރިޒަމް ދާއިރާގެ 70 ޕަސެންޓު މުވައްޒަފުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފި

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ 70 ޕަސެންޓު މުވައްޒުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކ...

25 Jun 2021 | 10:04

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ 70 ޕަސެންޓު މުވައްޒުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްަފުންނަށް ކޯވިޑް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ފުރަތަމަ ވެކްސިން ދޭން ފެށީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

އެމިނިސްޓްރީން ބުނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ 70 ޕަސެންޓު މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް މުޅި އިންޑަސްޓްރީއަށް ވެކްސިން ދީ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި 96 ޕަސެންޓު މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. އަދި އެ ރިސޯޓުތަކުގައި 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް