ބިދޭސީ ޓީޗަރުން ޗުއްޓީގައި ރަށަށް ފުރާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް ޗާޖު ނުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.
ޓީޗަރުންގެ ޕީސީއާރު ޓެސްޓަށް އަގު ނުނެގުމަށް ހެލްތު މިނިސްޓްރީއަށް އަންގާފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓު އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި ނެތުމާއި ގުޅިގެން އެކަމުގެ ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމުއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުން ޖޫން 24 ވަނަ ދުވަހުން ފެށިގެން ފުރުމަށް ހަމަޖެހިފައިވާ އިރު ކޯވިޑް-19ގެ ހާލަތުގައި ބިދޭސީ ޓީޗަރުންނަށް ގައުމުތަކަށް ދެވެނީ ޕީސީއާރު ނެގެޓިވް ޓެސްޓު އޮވެގެންކަމަށެވެ.
އެހެން ކަމުން ހެލްތު މިނިސްޓްރީގެ ހަރަދުގައި 1800 ޓީޗަރުންގެ ޕީސީއާރު ޓެސްޓު ހެދުމަށް ޓީޗަރަކަށް 700 ރުފިޔާގެ ރޭޓުން ޖުމްލަ 1،260،000 ރުފިޔާ ހަރަދުވާތީ އެފައިސާ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީ އެ ފައިސާ ހަމަޖެއްސުމަށް ދަތިތަކެއްް ކުރިމަތިވެދާނެތީ އެ ފައިސާ މާފުކޮށް ޓީޗަރުންގެ ޕީސީއާރު ޓެސްޓު ހެދުމުގެ ކަންކަން ހަމަޖައްސައި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް