"މާމުއި" ބަލަން ބޭނުންވާ ފަރާތްތަކަށް އަނެއްކާ ވެސް ފުރުޞަތެއް!

ޑާކްރެއިން އެންޓަޓެއިންމަންޓުގެ 2019 ވަނަ އަހަރުގެ ޖުލައި މަހު އެޅުވި ކާމިޔާބު ދިވެހި ފިލްމު "މާމުއި" ވެގެންދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމަކަށެވެ. މި ފިލްމު ސްކްރީންނުން ނެގި ނަމަވެސް ގ...

25 Jun 2021 | 08:02

ޑާކްރެއިން އެންޓަޓެއިންމަންޓުގެ 2019 ވަނަ އަހަރުގެ ޖުލައި މަހު އެޅުވި ކާމިޔާބު ދިވެހި ފިލްމު "މާމުއި" ވެގެންދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމަކަށެވެ. މި ފިލްމު ސްކްރީންނުން ނެގި ނަމަވެސް ގިނަ ބަޔަކު އަދިވެސް ތިބީ މި ފިލްމު ބަލާލަން ބޭނުންވެފައެވެ.

އެހެންވެ، ޢީދު ހަދިޔާއެއްގެ ގޮތުގައި، ފިލްމަށް އިންތިޒާރުކުރާ މީހުންނަށް ޑާކްރެއިން އެންޓަޓެއިންމަންޓުން މިވަނީ އަންނަ މަހުގެ 19 ވަނަދުވަހު އަލުން ފިލްމު ބަލާލެވޭނެކަމުގެ އުފާވެރި ޚަބަރު ދީފައެވެ.

"މާމުއި" މިފަހަރު ފެނިގެންދާނީ މީޑިއާ ނެޓްގެ މަލްޓި ސްކްރީނުންނެވެ. "މާމުއި" އަކީ އައިޝަތު ފުއާދާއި އަހްމަދު ތަލާލްގެ ސްކްރިޕްޓެކެވެ. މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރި މި ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

"މާމުއި" ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މާމުއި ފުޅިއެއް ހޯދަން ބަޔަކު އުޅޭ ގޮތެވެ. އެންމެ ފަހުން އެކަން ނިމެނީ ތަފާތު ގޮތަކަށެވެ.

މި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރާކާތްތެރިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެއެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަޙްމަދު ސައީދު، މަރިޔަމް މަޖުދާ، ޝީލާ ނަޖީބު، ނުޒުހަތު ޝުއައިބު، މުހައްމަދު ފައިސަލް، އަހްމަދު ސުނީ ހިމެނެއެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހާއި ފިލްމެ ޑައިރެކްޓަރ ޗިއްޕެގެ އަންހެނުން އައިޝަތު ޔަދާވެސް ފެނިގެންދައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް