ކޮންޓެރިނަރުގައި މުދާ އެތެރެކުރަން އެމްއެސްއެސްއިން އަމިއްލަ ބޯޓެއް ގެންނަނީ

ދިވެހިރާއްޖެއަށް ކޮންޓެރިނަރުގައި މުދާ އެތެރެކުރުމަށް އަމިއްލަ ބޯޓެއް ބޭނުންކުރުމަށް ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިިޕިން، (އެމްއެސްއެސް)ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ...

25 Jun 2021 | 07:45

ދިވެހިރާއްޖެއަށް ކޮންޓެރިނަރުގައި މުދާ އެތެރެކުރުމަށް އަމިއްލަ ބޯޓެއް ބޭނުންކުރުމަށް ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިިޕިން، (އެމްއެސްއެސް)ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސަޢީދު މިހެން ވިދާޅުވީ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އަބްދުﷲ ވިދާޅުވީ އެކުންފުނިން މިހާރު ރާޢްޖެއަށް މުދާ އެތެރެކުރުމަށް އަދި ބޭނުންކުރަމުން އަންނަނީ ޗާޓަރ ބޯޓެއް ކަމަށެވެ. އެހެންނަމަވެސް މުދަލުގެ އަގު ހެޔޮކޮށް ފަސޭހަކަމާއި އެކު މުދާ އެތެރެކުރެވޭނެ މަގު ފަހިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުންފުނީގެ އަމިއްލަ ބޯޓެއް ބޭނުންކުރުމަށް ނިންމާ އެކަން ކުރަމުން އަންނަކަމަށް އަބްދުﷲ ވިދާޅުވިވެ. އަދި މި އަހަރުގެތެރޭގައި ބޯޓް ރާއްޖެ ގެނެސް ހިދުމަތް ދެވެން ފެށޭނެކަމަށް އަބްދުﷲ ވިދާޅުވިއެވެ.

" ކޮމްޕެނީން ނިންމާފައިވަނީ ޗާޓަރު ބޯޓު ދޫކޮށްލުމަށްފަހު އަމިއްލަ ބޯޓެއް ބޭނުންކުރުމަށް،" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް ބޯޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. ސައީދު ވިދާޅުވީ މި ބޯޓްތައް ބޭނުންކުރަމުން އަންނަނީ ބަސްތާތަކުގައި ހުންނަ މުދާ އުފުލުމަށްކަމަށާއި މި ބޯޓްތައް މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓޮޓްކޮރިންއިން ސިދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މި ގޮތަށް ދަތުރުކުރުމުން އައްޑު ސިޓީއަށް ގެންދެވޭ މުދަލުގެ އަގު 50 އިންސައްތަ ކުޑަވެގެންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި ދަތުރުތަކާއި އެކު އައްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން އަންނަކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ކުރާ ކާގޯ ބޯޓުގެ ދަތުރުތަކުގެވެސް ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް