ދިވެހިރާއްޖޭގެ 16 ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 7 ރަށެއް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށް 9 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ޖޫން 24 ވަނަ ދުވަހު 9 ފަރާތަކުން ތަފާތު 7 ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަހެޅިފައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ އިންސައްތަ އަށްވުރެއް އިތުރު ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގަެި، ބީލަން ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ގިނައީ ދިވެހި ކުންފުނިތަކެވެ.
ރިސޯޓް ތަރައްގީކުރުމަށް މިހާތަނަށް ބީލަން ހުށަހަޅާފައިވާ ރަށްތަކަކީ ހއ. ވެލިފިނޮޅު، މ. ސީދިހުރާ އާާއެކު ސީދިހުރާ ވެލިގަނޑު، ތ. ކާއްޑޫ، ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެެކު އަދި ލ. ބޮޑުމުންނަފުށި އާއި ގއ. ފުނަދޫވިލިގިއްޔާ ގދ. ކަނޑަހަލަގަލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް