އިނގިރޭސިވިލާތު މީހެއްގެ ހަށިގަނޑުގައި 10 މަސް ވަންދެން ކޯވިޑް-19 އުޅެފި

އިނގިރޭސިވިލާތުގެ ބްރިސްޓޮލް ސިޓީއަށް ނިސްބަތްވާ މީހެއްގެ ގައިގަ 10 މަސް ވަންދެން ކޯވިޑް-19 އުޅެފި އެވެ. ޔުނިވާސިޓީ އޮފް ބްރިސްލޮޓްއިން ވަނީ އެމީހާ ގައިގަ ވައިރަސް ނުފިލާ ހުރިގޮތް ދެނެގަތުމަށް ބައެއް ...

25 Jun 2021 | 05:36

އިނގިރޭސިވިލާތުގެ ބްރިސްޓޮލް ސިޓީއަށް ނިސްބަތްވާ މީހެއްގެ ގައިގަ 10 މަސް ވަންދެން ކޯވިޑް-19 އުޅެފި އެވެ.

ޔުނިވާސިޓީ އޮފް ބްރިސްލޮޓްއިން ވަނީ އެމީހާ ގައިގަ ވައިރަސް ނުފިލާ ހުރިގޮތް ދެނެގަތުމަށް ބައެއް މަސައްކަތްތައް ކޮށްފައި އެވެ.

އުމުރުން 72 އަހަރުގެ ދޭވް ސްމިތަށް ކޯވިޑް ޖެހިގެން ހޭދަ ކުރި މުއްދަތުގައި 43 ފަހަރު ކޯވިޑަށް ޕޮސިޓިވްވި ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ. އެއީ ވައިރަސް އޭނާ ގައިން ފިލާވެފައިވޭތޯ ބެލުމަށް ޓެސްޓު ކުރި އަދަދެވެ.

އެ ޔުނިވާސިޓީން ބުނީ އެމީހާއަށް ކޯވިޑް ޖެހިފައިވާ މުއްދަތުގައި ހެދި ޓެސްޓު ތަކުން އެނގުނު ގޮތުގައި ޕީސީއާރު ޓެސްޓުތަކުން ދައްކަނީ މަރުވެފައިވާ ކޮރޯނާ ވައިރަސްއެއް ހަށިގަނޑު ގައި އުޅޭ ކަމަކަށް ނޫނެވެ. އެ ދިރާސާތަކުން ދެއްކި ގޮތުގައި 10 މަސް ވަންދެން އެމީހާގެ ގައިގަ ވައިރަސް އެކްޓިވްކޮށް އުޅެފައިވެ އެވެ.

ބަލިން ރަނގަޅުވުމުން ޑޭވް ބުނެފައިވަނީ އަމިއްލަ ޖަނާޒާ ބާއްވަން ތައްޔާރުކޮށްދޭން އެތައް ފަހަރަކު ދަރިންނަށް ގުޅައި އެދިފައިވާނެ ކަމަށެވެ. އޭނާ އަންހެނުން ލިންދާ ބުނީ ކޯވިޑްގައި ދޭވް ބައެއް މަސް މަހު ވަރަށް ސީރިއަސްވި ކަމަށެވެ. އަދި ދެމަފިރިން އެކުގައި ކަރަންޓީންގައި ތިބެ ހޭދަ ކޮށްފައިވަނީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

ކޯވިޑް ޖެހިގެން ދޭވް ހޭދަ ކުރި 10 މަސް ތެރޭގައި ބައެއް ފަހަރު އޭނާ ހާލު ސީރިއަސް ވިނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނީ ހަތް ފަހަރު ކަމަށްވެ އެވެ.

ފަހުން އެ ޔުނިވާސިޓީން ވަނީ ދޭވް ބަލިން ރަނގަޅު ކުރުމަށް ވަކި ސެންޓަރަކަށް ގެންގޮސް ފަރުވާ ދީފަ އެވެ. އޭނާ ކޯވިޑުން ރަނގަޅުވީ 305 ދުވަހުގެ ފަރުވާއަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް