ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަަކށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖ...

25 Jun 2021 | 03:44

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަަކށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދުގެ މޫސުމީ ބުލެޓިންގައެވެ.

މި ބުލެޓިންގައި ބުނެފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން އުތުރާއި މެދުރާއްޖެއަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

"ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ" މެޓުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނީ ދެ ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް