ޝެއިޚް އިލްޔާސްގެ ދަރުހެއް މިރޭ

އައްޝައިޙް އިލްޔާސް ހުސެއިންގެ ދަރުހެއް މިރޭ ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ދަރުހަކީ އެ މިނިސްޓްރީން "އުންމީދާއެކު" މި ނަމުގައި ސިލް...

25 Jun 2021 | 03:20

އައްޝައިޙް އިލްޔާސް ހުސެއިންގެ ދަރުހެއް މިރޭ ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ދަރުހަކީ އެ މިނިސްޓްރީން "އުންމީދާއެކު" މި ނަމުގައި ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

މިރޭގެ މައުޞޫއަކީ "އުނދަގޫކަމާއެކު ފަސޭހަކަންވޭ" އެވެ. މި ދަރުސް މިރޭ 09:00ގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު މި ދަރުސް ރާއްޖެ ޓީވީއާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލުން ލައިވްކުރާނެ ކަމަށް އިސްލާމިކް މިިިނިސްޓްރީން ބުނެފައިވެއެވެ.

https://twitter.com/MVIaffairs/status/1407627902749872136

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް