ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުރު ޒިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރާ ވާހަކަ އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފި އެވެ.
ޕީޕީއެމް ކޯލިޝަނުން މިހެން ބުނެފައި މިވަނީ އެމަނިކުފާނު ބައިވެރިވެގެން ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އަޑު ފެތުރެމުންދާ ދަނޑިވަޅެއްގައި އެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ސިޔާސާތް މަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނާއި އެކު ކަމަށެވެ.
ކޯލިޝަނުން ބުނީ އެހެން އެއްވެސް ބަޔަކާއި އެކު އަދި އެހެން އެއްވެސް ޕާޓީ އަކާއި އެކު މަސައްކަތް ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދަން އެއްވެސް މަސައްކަތެއްގައި ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއި މެންބަރުން ބައިވެރި ނުވުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް