ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ކުރިޔަށް ގެންގޮސްފި އެވެ.
ރައީސްގެ ދެ ކަނބަލުން އީދު ސަލާމް ކުރެއްވުން އޮތީ މިއަދު ހެނދުނު 9:00 ން 10:00 ދަރުބާރުގޭގައި އެވެ. މި ހަފްލާގައި ރައީސް އާއި އީދު ސަލާމް ކުރެއްވުމަށް ވަޒީރުންނާއި ދައުލަތުގެ މުއައްސާސަތުގެ ވެރިންނާއި ސަރުކާރު މުވައްޒަފުންގެ އިތުރު އާންމުން ގޮސްފައިވެ އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނާއި އިސްލާމީ ގައުމުތަކަށް އީދުގެ ތަހުނިޔާ ފޮނުއްވާފައި އެވެ. އީދުގެ މުނާސަބުތުގައި ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވެފައިވަނީ އީދަކީ އިސްލާމީ އަގީދާ ހަރުދަނާކޮށް ގައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާކޮށް އިތުރު އަޒުމުތައް އާކުރުމަށް ވަރަށް އެކަށީގެންވާ މުނާސަބަތެއްކަމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް