ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބަހަން ފަށައިފި އެވެ.
މިއަދު އީދު ނަމާދަށް ދިޔަކުދިންނަށާއި މަގުމަތިން ފެންނަ ކުދިންނަށް ދިރާގުން ދަނީ އީދު ހަދިޔާ ދެމުންނެވެ. އެ ކުންފުނިން ބުނީ މާލޭގެ އިތުރުން ދިރާގުގެ ރީޖަނަލް އޮފީސްތައް ހުންނަ ރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މިއީ ކޮންމެ އަހަރަކުވެސް ދިރާގުން ހިންގާ ހަރަކާތެކެވެ. ދިރާގުން ބުނީ މި ހަރަކާތުގެ ބޭނުމަކީ އީދު ކަހަލަ ގުޅުން ބަދަހިކޮށް އުފާފާޅު ކުރުމުގެ މުނާސަބަތެއްގައި ކުޑަކުދިން ހިތްހަމަ ޖައްސާ އުފާކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
އެ ކުންފުނިން ބުނީ މި ހަރަކާތް މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި އަތޮޅު ތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
ދިރާގުން ވަނީ ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކަށް އީދާ ގުޅުން ހުރި ސްޓީކާތަކެއް ހިމެނޭ ވައިބާ ސްޓިކާ ޕެކެއްވެސް ތައާރަފުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް