އީދު ކުޅީވަރު ކުޅުމުގައި ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އެއްޗެއްސަށް ބަލައިގެން އީދު ކުޅިވަރު ކުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ނަގަން ޖެހޭ ހުއްދަ ކަމާބެހޭ ފަރާތްތަކުން ނެގުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުންގެ އިތުރުން ސިފައިން ދަނީ އީދާ ދިމާކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލަމުންނެވެ. އެގޮތުން މާލޭން ފުރާ އޮޑީދޯނި ފަހަރުގެ އިތުރުން އަތޮޅުތެރޭގައި ހަރަކާތްތެރިވާ ސިފައިން ދަނީ އެ ސަރަހައްދުތަކުގައު ދުއްވާ އުޅަނދުތައް ބަލާ ފާސްކުރަމުންނެވެ.
މި ފަހަރު އީދު ބަންދަށާއި ގުޅިގެން ނުވަ ދުވަސް ސަރުކާރު ބަންދު ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް