ޕާކިސްތާނުގަ މިއަދު އީދު ފާހަގަ ކުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން އިލްމުވެރިންތަކެއް ގޮވާލައިފި

އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ ފިތްރު އީދުގެ ފުރަތަމަ ދުވަހެވެ. ހަނދު ނުފެނުނު ކަމުގައިވިޔަސް އިސްލާމީ ބޮޑެތި ގައުމުތަކަށް ރޭ ޝައްވާލް މަހުގެ ހަނދު ފެނިފައިވާތީ ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން...

25 Jun 2017 | 02:07

އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ ފިތްރު އީދުގެ ފުރަތަމަ ދުވަހެވެ.

ހަނދު ނުފެނުނު ކަމުގައިވިޔަސް އިސްލާމީ ބޮޑެތި ގައުމުތަކަށް ރޭ ޝައްވާލް މަހުގެ ހަނދު ފެނިފައިވާތީ ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ މިއަދަކީ ފިތްރު އީދުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެކަމަކު ޕާކިސްތާނުގައި އީދު ފާހަގަ ކުރުމުގެ ކަންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ.

ޕާކިސްތާނުގައި ހަނދު ސާބިތު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާ ވަރަށް ވަރުގަދަ ސެންޓްރަލް ރޫޓް އީ ހިލާލް ކިޔާ ކޮމިޓީއެއް އޮވެ އެވެ. އެކަމަކު އެ ކޮމީޓީގެ ބަސް ގަބޫލު ނުކުރާ މީހުން ވަރަށް ގިނަ އެވެ.

އެ ކޮމިޓީން އިއްޔެ ހަނދު ސާބިތު ކުރުމުގެ ކަންކަން ކުރިޔަށް ގެންދަން އުޅުމުން ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ސަރުކާރުގެ ދީނީ ކަންކަމާ ގުޅޭ މިނިސްޓްރީން ވަނީ މިއަދު އީދުގެ ފުރަތަމަ ދުވަސް ފާހަގަ ކުރުމަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައި އެވެ.

ޕާކިސްތާނުގައި ހަނދު ސާބިތު ކުރުމުގައި ބަލަނީ އެ ގައުމަށް ހަނދު ފެނުމަށެވެ.

ދީނީ އިލްމުވެރިން އެ ކޮމިޓީގެ ނިންމުމާއި ދެކޮޅު ހެދީ ޕާކިސްތާނުގެ މެޖޯރިޓީ މީހުން ރޯދަ ހިފަން ފަށާފައިވަނީ މިދިޔަ މަހުގެ 28 ން ފެށިގެން ކަމަށްވާތީ އެވެ. މިދިޔަ މަހުގެ 28 ގައި ރޯދަ ހިފަން ފެށިބަޔަކަށް މިއަދު ވާނީ ރޯދަ މަހުގެ 29 ވަނަ ދުވަހަށެވެ. ސެންޓްރަލް ރޫޓް އީ ހިލާލް ކޮމިޓީން ނިންމައިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ރޯދަ ހިފަން ފަށާފައި ވަނީ ޕާކިސްތާނުގެ ހީބަރު ޕަހްތުންހުވާ ޕްރޮވިންސަށް ނިސްބަތްވާ މީހުން އެކަންޏެވެ.

މިނިސްޓްރީ އާއި ދީނީ އިލްމުވެރިން ދެކޮޅު ހެދިޔަސް އެ ކޮމިޓީން ވަނީ މިއަދަކީ އީދު ދުވަސް ކަމަށް ކަނޑައަޅާފައި އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެ ކޮމިޓީގެ މި ނިންމުމަށް ތަބާވާނީ އެ ޕްރޮވިންސްގެ މީހުން އެކަންޏެވެ.

ޕާކިސްތާނުގެ ދީނީ އިލްމުވެރިން ވަނީ އެ ގައުމުގައި މިއަދު އީދު ފާހަގަ ކުރާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް