ހިންދީ ޑްރާމާއެއްގައި ކޮންމެފަދަ ކަމެއްވެސް ވެދާނެ

ސިކުނޑިއަށް ގެންނަންވެސް އުނދަގޫ، ޤާބޫލުކުރަންދަތި ޓީވީ ޑްރާމާތައް ގެނެސްދިނުމުގައި ހިންދީ ޑްރާމާތައް ހަދާ މީހުންނަކީ ކުޅަދާނަ ބައެކެވެ. މީހުން މެއްސަށާއި ހަރުފަޔަށް ބަދަލުވާ ޑްރާމާތަކުން ފެށިގެން މަރ...

25 Jun 2017 | 00:48

ސިކުނޑިއަށް ގެންނަންވެސް އުނދަގޫ، ޤާބޫލުކުރަންދަތި ޓީވީ ޑްރާމާތައް ގެނެސްދިނުމުގައި ހިންދީ ޑްރާމާތައް ހަދާ މީހުންނަކީ ކުޅަދާނަ ބައެކެވެ. މީހުން މެއްސަށާއި ހަރުފަޔަށް ބަދަލުވާ ޑްރާމާތަކުން ފެށިގެން މަރުވެފައި ތިބޭ މީހުން ތިން ހަތަރު ފަހަރު އަލުން ދިރިގެން އައުމަކީ ހިންދީ ޑްރާމާތަކުގައި ޢާންމުކަމެކެވެ.

މިފަހަރުވެސް ހަމަ އެކަހަލަ ހައިރާންކުރަނިވި ކަމެކެވެ. އެކަމަކު އެހެން ފަހަރަތަކަށްވުރެ މިފަހަރު މިވަނީ މާ ބޮޑަށް ހައްދުފަހަނަ އަޅާފައިކަމަށް ގިނަ ބެލުންތެރިންދެކެ އެވެ.

މިއީ ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަންއިން "ޕެހްރޭދާރް ޕިޔާ ކީ" (ލޯބިވެރިޔާގެ ފާރަވެރިޔާ)، ގެ ނަމުގައި ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ޑްރާމާއެކެވެ. އެ ޑްރާމާގައި ގެނެސްދެނީ އިންޑިއާގެ ޝާހީ ޢާއިލާއެއްގެ 18 އަހަރުގެ ޕްރިންސެސްއަކާއި، އޭނަގެ ފިރިމީހާ އުމުރުން 10 އަހަރުގެ ޕްރިންސެއްގެ ވާހަކަ އެވެ.

އިންޑިއާގައި ދޮށީ އުމުރުގެ މީހުން، ކުޑަކުދިންނާއި ކައިވެނި ކުރުމަކީ ޢާންމުކަމެކެވެ. އަދި މިގޮތައް ކައިވެނި ކުރާ މީހުނާއިމެދު މިހާރު އެ ޤައުމުގައި ބޮޑެތި ޤާނޫނީ ފިޔަވަޅުތައްވެސް އަޅަ އެވެ. އަދަބުތައް ކަނޑައެޅިފައި ހުރި ނަމަވެސް އެކަން ކުރާ މީހުން އަދިވެސް އިންޑިއާގައި މަދެއް ނޫނެވެ.

އެ ޑްރާމާގެ ޕްރޮމޯގައި މިއީ އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްދޭ ޑްރާމާއެއް ނޫންކަމަށް ހާމަކޮށްފައިވީ ނަމަވެސް މިފަދަ ގޮތަކަށް ވާހަކަތައް ގެނެސްދިނުމަން އެކަން ކުރާ މީހުނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.

https://youtu.be/DRpUZvCmrJs

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް