ރާއްޖޭގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަމަށް ހޫގޯ ސްވަޔާ އަރިހުގައި ދުންޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ އަރިހުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާ...

25 Jun 2015 | 17:42

ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ އަރިހުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސްވަޔާ އަރިހުގައި ދުންޔާ މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ސާފުކޮށްދެއްވުމަށް މިއަދު މެންދުރު ސްވަޔާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ހާރިޖީ ވުޒާރާއިން ބުނެ އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ފުރުސަތު ދެއްވި ކަމަށާއި ރައީސް ނަޝީދު މިހާރު ގޭ ބަންދަށް ބަދަލުކޮށްފައިވާ ވާހަކަވެސް ސްވަޔާ އަރިހުގައި ދުންޔާ ހިއްސާ ކުރެއްވި ކަމަށާއި ސަރުކާރުގެ ފަރާތުން މަޝްވަރާއަށް ގޮވާލުމުން އެމްޑިޕީން އެކަމަށް އިޖާބަ ދީފައިވާއިރު އެކަމަށް ސަރުކާރުން މަރުހަބާ ކިޔާކަމަށްވެސް ސްވަޔާގެ އަރިހުގައި ދުންޔާ ވިދާޅުވި އެވެ.

ސްވަޔާއަށް ގުޅުއްވާ ރާއްޖޭގެ ސިޔާސީ މަސްރަހު އޮޅުންފިލުއްވައިދެއްވާފައިވާއިރު ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ގޮވާލެއްވީ ރޭގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް