ދައުލަތުގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށް ކަމަށާއި އެކަމަށް ރައީސް ޔާމީން ހުއްދަ ދެއްވިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓްތަކެއްގަ އެވެ. މިކަމާގުޅޭގޮތުން ދެ ޓްވީޓެއް ކޮށްފައިވާއިރު ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވަނީ ނައިބުރައީސް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދި މިއަދު ހެނދުނު ރައީސްގެ އަރިހުން އެދިވަޑައިގަތް ކަމަށެވެ.
https://twitter.com/SpokespersonMV/status/614082194382811136
ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ ނައިބުރައީސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަކަށް ވަޑައިގަތުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވުމުން އެ ހުއްދަ އެ މަނިކުފާނަށް ރައީސް ދެއްވި ކަމަށެވެ.
https://twitter.com/SpokespersonMV/status/614082461991964672
ބޭސްފަރުވާއަކަށް ނައިބުރައީސް ބޭރަށް ވަޑައިގެންފައިވާއިރު ރައިސާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ގާނޫނު އަސާސީން އިސްލާހުކޮށް ޕީޕީއެމްގެ ބައެއް މެމްބަރުންވަނީ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމުގެ ކުރިން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް