ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ސިންދު ޕްރޮވިންސާއި އެ ޕްރޮވިންސްގެ ކައިރި ސަރަހައްދުތަކަށް ވަމުން އަންނަ ގަދަ ހޫނުގެ ސަބަބުން މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މަރުވި މީހުންގެ އަދަދު 800 އަށްވުރެ މަތީގައި އުޅޭއިރު އެ ސަރަހައްދުގައި ވިލާ ބޯވުމުގެ ސަބަބުން ހޫނު ތަންކޮޅެއް ދަށްވެފައިވާކަމަށާއި ހޫނުގެ ސަބަބުން މީހުން މަރުވަމުން އައި ރޭޓް ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް