ފޯނެއް ވަގަށްނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

މޯބައިލް ފޯނެއް ވަގަށް ނަގައި ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވ...

25 Jun 2015 | 09:54

މޯބައިލް ފޯނެއް ވަގަށް ނަގައި ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ އިރާކޮޅު 23:45 ހާއިރު ގަލޮޅު ގެއެއްގެ ދެވަނަ ފަންގި ފިލާއިން ފޯނެއް ވަގަށް ނަގައި ފިލަން މަސައްކަތް ކުރަނިކޮށް އާންމު ރައްޔިރުންގެ އެހީތެރި ކަމާއެކުގައި ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 120 ފަހަރު ސުވާލުކޮށް 46 ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 20 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ޤަވާއިދާ ޚިލާފަށް ގޯތިގެދޮރަށް ވަނުމުގެ މައްސަލަތަކާއި މަކަރާއި ޙީލަތުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކާއި ވައްކަމުގެ ގިނައަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް