ސިޓީ ކައުންސިލްގެ ބާރުތައް ރައީސަށް ލިބޭ އިސްލާހު ތަސްދީގު ކުރައްވައިފި

ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގ...

25 Jun 2015 | 09:47

ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދ ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހަކީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހުގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މާލެ ސިޓީ ސަރަހައްދުގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.

އިސްލާހު މަޖިލީހަށް ހުށަހެޅުއްވަމުން މެމްބަރު ވަހީދު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް