ޑެންގޫ ހުން ޖެހިގެން ކޫއްޑޫގައި މީހަކު ނިޔާވެއްޖެ

ގއ ކޫއްޑޫގައި ޑެންގޫ ހުންޖެހުނު ބޭރު މީހަކު ނިޔާވެއްޖެ އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު އަސްމާ އިބްރާހިމް ވިދާޅުވީ ކޫއްޑޫގައި ގިނަ އަދަދަކަށް މަދިރި އާލާ...

25 Jun 2015 | 08:02

ގއ ކޫއްޑޫގައި ޑެންގޫ ހުންޖެހުނު ބޭރު މީހަކު ނިޔާވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު އަސްމާ އިބްރާހިމް ވިދާޅުވީ ކޫއްޑޫގައި ގިނަ އަދަދަކަށް މަދިރި އާލާވަމުން އަންނަ ކަމަށާއި ޕޭޝަންޓް ނިޔާވުމާއި ގުޅިގެން އެރަށް ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ޑެންގޫ ހުން ޖެހުނު މީހަކު ނިޔާވެފައިވާއިރު ގއ ގައި ޑެންގޫ ހުމުގެ މިހާތަނަށް ރިޕޯޓްކޮށްފައިވަނީ އެންމެ ދެ ކޭސް ކަމަށްވެސް އަސްމާ ވިދާޅުވި އެވެ. ޑެންގޫ ކޫއްޑޫގައި ނިޔާވީ އެ ރަށުގައި މަސައްކަތްކުރާ ބޭރު މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް