ޖަރުމަނުގެ އަންހެނުން އައިއެސްއާ ގުޅުން އިތުރުވެއްޖެ: އިންޓެލިޖެންސް

ޖަރުމަނުވިލާތުގެ އަންހެނުން އައިއެސް ޖަމާއަތާއި ގުޅުން އިތުރު ވެފައިވާކަމަށް އެގައުމުގެ އިންޓެލިޖެން އޭޖެންސީ (ބީއެފްވީ) އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޭޖެންސީގެ ވރިޔާ ހަން...

25 Jun 2015 | 06:12

ޖަރުމަނުވިލާތުގެ އަންހެނުން އައިއެސް ޖަމާއަތާއި ގުޅުން އިތުރު ވެފައިވާކަމަށް އެގައުމުގެ އިންޓެލިޖެން އޭޖެންސީ (ބީއެފްވީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޭޖެންސީގެ ވރިޔާ ހަންސް ޖޯޖް މައްސެން ބުނެފައިވަނީ އައިއެސް ޖަމާއަތާ ގިނައިން ގުޅެނީ އުމުރުން 25 އަހަރުން ދަށުގެ އަންހެނުން ކަމަށެވެ. އެގޮތުން އައިއެސްއާއި ގުޅިގެން ޖަރުމަނުގެ 700 އަށްވުރެ ގިނަމީހުން އިރާގާއި ސީރިޔާގައި ހަނގުރާމަކުރަމުން އަންނައިރު އޭގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަކީ އަންހެނުން ކަމަށާއި އަދި އެ 100ގެ ތެރެއިން ގިނަ އަންހެނުންނަކީ 25 އަހަރުން ދަށުގެ އަންހެނުން ކަމަށް އޭނާ ބުންޏެވެ.

ޖަރުމަނުވިލާތުން މިހެން ބުނެފައިވާއިރު ޔޫރަޕްގެ ގިނަ ގައުމުތަކުން އައިއެސް ޖަމާއަތާ ގިނައިން ގުޅެނީ އަންހެނުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ފްރާންސާއި އިނގިރޭސިވިލާތަކީ އެންމެ ގިނަ އަންހެނުން އައިއެސް ޖަމާއަތާ ގުޅޭ ދެ ގައުމުކަމަށްވެސް ޔޫރަޕްގެ މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް