ވެޓަރަންސް ފުޓްބޯޅަ މުބާރާތް މާދަމާ ފަށަނީ

ސޯސް: އެމްވީ ސްޕޯޓްސް ވެޓެރަންސް ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ. ކޮންމެ ރޯދަމަހަކު ބާއްވާ މިމުބާރާތުގައި މިއަހަރު 6 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ ވެލެންސިޔާ، ވިކްޓަ...

24 Jun 2015 | 19:24

ސޯސް: އެމްވީ ސްޕޯޓްސް

ވެޓެރަންސް ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮންމެ ރޯދަމަހަކު ބާއްވާ މިމުބާރާތުގައި މިއަހަރު 6 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ ވެލެންސިޔާ، ވިކްޓަރީ، މާޒިޔާ، ބީޖީ، އަދި މާލޭ ވެޓެރަންސް އަދި އެންމެ ފަހުގެ ޗެމްޕިއަން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ޓާފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި މާލޭ ވެޓެރަންސް އެވެ. އަދި ހުކުރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިޔާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތަކީ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

މި މުބާރާތް ހާއްސަކޮށްފައިވަނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. ކޮންމެ ޓީމެއް ގައި ވެސް 35 އަހަރުން މަތީގެ ފަސް ކުޅުންތެރިންގެ ހިމެނޭއިރު، ދަނޑަށް އެއް ފަހަރާ ކުޅެން އެރޭނީ 35 އަހަރުން މަތީގެ ތިން ކުޅުންތެރިއަކަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް