ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ބަލަނީ

ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެ...

25 May 2025 | 15:09

ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ލައިވްކުރި ވީޑިއޯއެއްގައި ދިވެހި އަންހެނަކު ބަރަހަނާވެ، ޖިންސީ އަމަލުތަކެއް ހިންގާ މަންޒަރުތައް ލައިވްކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ އަންހެން މީހާ އެ ލައިވް ކުރިއަށްގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތަށް ފަހުގައެވެ. އެ ވީޑިއޯ ބަލަމުން ދިޔަ ބައެއް ދިވެހި ފިރިހެނުން "ވާއު" ފަދަ ހިތްވަރު ދިނުމުގެ ކޮމެންޓްތައްވެސް ކުރަމުން ދިޔަކަމަށް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް