"ކޯން އާޓިސްޓެއް" ކަމަށް ދިވެހިން ގަބޫލުކުރާ ޒައިދާން ހައްޔަރު – މިފަހަރު ކެއުންތަކަކަށް ފޭކު ސްލިޕްތަކެއް ފޮނުވި މައްސަލަ

"ކޯން އާޓިސްޓެއް" ކަމަށް ދިވެހިން ގަބޫލުކުރާ ޒައިދާން ހައްޔަރު – މިފަހަރު ކެއުންތަކަކަށް ފޭކު ސްލިޕްތަކެއް ފޮނުވި މައްސަލަ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގައި "ކޯން އާޓިސްޓެއް"ގެ ގޮތުގައ...

25 May 2025 | 06:32

"ކޯން އާޓިސްޓެއް" ކަމަށް ދިވެހިން ގަބޫލުކުރާ ޒައިދާން ހައްޔަރު – މިފަހަރު ކެއުންތަކަކަށް ފޭކު ސްލިޕްތަކެއް ފޮނުވި މައްސަލަ

މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގައި "ކޯން އާޓިސްޓެއް"ގެ ގޮތުގައި ދިވެހި ގިނަ ބަޔަކު ގަބޫލުކުރާ ޒައިދާން މުހައްމަދު ހާޝިމް ހައްޔަރުކޮށްފިއެވެ.

މިފަހަރު ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްވަރު މަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފުޑީސް އެޕް މެދުވެރިކޮށް 9،000 އަށްވުރެ ގިނަ ރުފިޔާގެ ކެއުން ޒައިދާން ކެއުމަށްފަހު ފޭކް ސްލިޕްތައް ފޮނުވާފައިވެއެވެ.

"މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމް، މީނާއަކީ މަކަރާއި ހީލަތގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ޒައިދާން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް