މިއަދު މާލޭގައި 59 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
އެ ކޯޓުން މިއަދު ބުނެފައިވަނީ މިއަދު މިއީ މި އަހަރު މިހާތަނަށް އެ ކޯޓުގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި އަގުދުކޮށްދިނުމށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ.
މިއަދުގެ ރީތި ތާރީހު ކަމުގައިވާ 25 05 25 ގައި ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް