ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު މިރޭ ތޫފާނަކަށް ބަދަލުވެފައިވާކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.
އެގޮތުން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިރޭ 07:30 ހާއިރު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަންގާޅު ކަނޑުގައި ހުރި ޑީޕް ޑިޕްރެޝަން (ބާރުގަދަ ކޮޅިގަނޑު) މިރޭ ތޫފާނަކަށް ބަދަލުވެފައިވާކަމަށާއި ނަމަކީ Remal ކަމަށެވެ. އަދި އެ ނަން ކިޔަންވާނީ Re-Mal ގޮތުގައި ކަމަށެވެ.
ތޫފާން އުފެދިފައިވާއިރު މި ތޫފާން ދަތުރުކުރަމުން އަންނަނީ ބަންގްލަދޭޝް އާއި އިންޑިއާގެ ވެސްޓް ބެންގޯލްއާއި ދިމާއަށް ކަމަށް އިންޑިއާގެ މެޓުން ބުނެފައިވެއެވެ. އަދި މި ތޫފާނާއި ގުޅިގެން އެ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ދީފައިވާކަމުގައިވެސް އިންޑިއާގެ މެޓުން ބުނެފައިވެއެވެ.
ކޮޅިގަނޑު އުފެދުނު އިރު ރާއްޖެއަށް ނުސީދާ އަސަރު ކުރި ނަމަވެސް މޫސުމީ މޮޑެލްތަކުން ދައްކާގޮތުން މިހާރު ރާއްޖެއަށް ކުރަމުން އަންނަ އަސަރު ކުޑައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް